އަބްދުﷲ ޔާމީން ޖަލަށްލިޔަސް އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ކުރިއަށްދާނެ – އަބްދުއްރަހީމް

ފަހުގެ ސިޔާސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލިޔަސް އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ކުރިއަށްދާނެ ކަމަށް އިދިކޮޅުން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަަބްދުﷲ ވިދާޅުވީ ޔާމީންގެ މަޝްވަރާގެ މަތިން އެމަނިކުފާނު ފަށްޓަވާފައިވާ ހުރިހާ މަސައްކަތެއް އެގޮތުގައި ކުރިއަށް ގެންދާނެ ކަމަށާއި އަތޮޅުތަކަށް ވެސް ދަތުރުތައް ކުރާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކެމްޕެއިންގެ ތެރެއިން އަންނަ މަހުގެ ތެރޭގައި އަތޮޅުތަކަށް ދަތުރުތައް ފަށާނެ ކަމަށާއި ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާނީ މާލެ އާއި އަތޮޅުތަކުގައި އެކު އެކީގައި ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ.

މި ދައުވާތައް ސާބިތުވުމުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިހާރު ވަނީ ބަންދުވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ