މާލޭން ޒުވާނަކު ގެއްލިގެން ހޯދަނީ

ޚަބަރު ފަހުގެ

މާލޭން ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން މިއަދު އިއުލާންކޮށްފައިވާ މީހަކީ، ލ. މާވަށް / ކުންނާރުމާގެ، މޫސާ އަނީސްއެވެ. މޫސާ އަނީސް އަކީ އުމުރުން 32 އަހަރުގެ މީހެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން ބުނީ މި މަހު 24 ވަނަ ދުވަހުން ފެށިގެން މޫސާ އަނީސް އާއިލާއަށް އޭނާގެ ޚަބަރެއްނުވެ، ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މޫސާ އަނީސްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ