ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިއަދު ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސް ނޫސްވެރިންނާއި ބައްދަލު ކުރައްވާނީ މިއަދު ހަވީރު 16:30 ގައެވެ.
ރައީސް އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލު ކުރެއްވީ މި އަހަރުގެ ޖޫން މަހުގެ 08 ވަނަ ދުވަހުއެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ދުނިޔޭގެ އިޤްތިޞާދީ ހާލަތާއި، ރާއްޖެއިން މިކަމަށް އަޅުއްވާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާ ކުރައްވާފައެވެ.


