ރަޙުމްކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރުގެ މައްސަލާގައި އޭނާގެ ގާތިލް އަލީ ޝާހިލްގެ މައްޗަށް މަރުގެ ދައުވާކޮށްފިއެވެ.
މިދިޔަ އޯގަސްޓު މަހުގެ 7 ވަނަ ދުވަހު ހ. ޝީރީންވިލާގައި މަރާލާފައި އޮއްވާ ޝިއާއުގެ ހަށިގަނޑު ފެނުނު އިރު އޭނާގެ ހަށިގަނޑުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެރޭ އެތަނުން އޭނާގެ ހަށިގަނޑު ބޮޑީ ބޭގުގައި ފުލުހުން ގެންދިޔައީ ދެ ކޮތަޅަކަށް އަޅައިގެންނެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ، ޢުމުރުން 23 އަލީ ޝާހިލްއެވެ.
ޢަލީ ސާހިލްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން އިތުރު ހަތަރު ދައުވާއެއް ވެސް ވަނީ އެނާގެ މައްޗަށް އުފުލާފައެވެ. އެހެންނަމަވެސް، އެ ދައުވާތަކުގެ ތަފްސީލެއް ޕީޖީ އޮފީހަކުން ހާމައެއް ނުކުރެ އެވެ.


