ޓެކްނިކަލް ކަންތައްތަކުގައި ގޮށްކޮޅާ ނުހަނު ގާތްކަމެއް ބަހައްޓަވަމުން ގެންދަވާ ހދ.ހަނިމާދޫ، މިނާއައްސޭރި އަބްދުﷲ ޢަލީގެ ލޮބުވެތި ބައްޕަ ޢަލީ މޫސާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކުގައެވެ. އަދި މި ހިތާމައިގައި ބައިވެރިވެ، މަރްޙޫމުގެ އާއިލާގެ މެންބަރުންނަށާއި ގާތް ރަޙްމަތްތެރީންނަށް ގޮށްކޮޅުގެ ނަމުގައި ތައުޒިޔާ ދަންނަވަމެވެ.
މަރްޙޫމްގެ ފުރާނަފުޅަށް މާތްﷲ ގެ ތަނަވަސް ރަޙްމަތް މިންވަރުކުރައްވައި އަދި މި ހިތާމައިގެ ވަގުތުގައި މަރްޙޫމުގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ދުޢާކުރަމެވެ. އާމީން


