އައްޑޫ ސިޓީގެ ހުޅުދޫގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގައިފި

ޚަބަރު ފަހުގެ

އައްޑޫ ސިޓީގެ ހުޅުދޫގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާން ފުރަތަމަ ރޯވީ ހުޅުދޫ ބަނދަރު ސަރަހައްދުގައި ހުރި ކުނިތަކެއްގަ އެވެ. މިރޭ 6:50 ހާއިރު މިހާދިސާ ހިނގިތާ ކުޑައިރުކޮޅެއް ފަހުން ސިފައިންގެ މަސައްކަތުން އަލިފާން ވަނީ ނިއްވާލާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އޭގެފަހުން ދެން އަލިފާން ރޯވީ ހުޅުދޫ މަގުތަކުގައި ތާރު އަޅަން ގެންގޮސްފައި ހުރި ތާރު ކޮންޓެއިނަރުތަކެއްގަ އެވެ. މިތަކެއްޗަކީ އިންޑިއާގެ ކުންފުންޏަކުން އައްޑޫއަށް ގެންގޮސްފައިވާ ތަކެތި ކަމަށް އެނގިފައިވެ އެވެ.

ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.

އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު އެ ވީޑިއޯ ތަކުން ފެންނަނީ ވަރަށް ބޮޑަށް ހުޅުހިފާފައިވާ މަންޒަރެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ