ގެއްލުނު ތެޔޮ ބޯޓު ފެނިއްޖެ، ދެ މީހުން އަދިވެސް ނުފެނޭ

ޚަބަރު ފަހުގެ

ވިލިމާލެއިން ދެ މީހުންނާއެކު ފުރި ފަހުން ގެއްލިގެން ހޯދި ތެޔޮ ބޯޓު ފެނިއްޖެއެވެ.

އެހެންނަމަވެސް އެ ބޯޓުން ދަތުރުކުރި ދެ މީހުން އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ވިލިމާލޭން ފުރައިގެން ދަތުރު ފެށި އެ ބޯޓުގައި ތިބީ ދިވެއްސަކާއި ބިދޭސީ އެކެވެ. އެއީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް 45، އާއި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން 35، އެވެ.

ވިިލިމާލޭން އެ މީހުން ފުރީ މި މަހުގެ 28 ވަނަ ދުވަހު އެވެ. މި ދެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ 29 ވަނަ ދުވަހު އެވެ. ފުލުހުން ވަނީ އެ މީހުން ހޯދަން އާންމުންގެ އެހީއަށް އެދިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ