ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ

ފަހުގެ ސިޔާސީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ޓީމުން ބުނީ ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާއެއް މިރޭ އެމްޑީޕީގެ ހަރުގޭގައި އޮންނާނެކަމަށެވެ. މި ޖަލްސާ އޮންނަނީ މިރޭ 9 ޖަހާއިރުކަމަށްވެސް ރައީސް ސާލިހުގެ ކެމްޕެއިން ޓީމުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށި ފަހުން ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ޖަލްސާއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ރައީސް ސާލިހުގެ އިތުރުން ރައީސް ނަޝީދު ވާދަކުރައްވައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ