އެންދަމަން ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ޚަބަރު ފަހުގެ

ގއ. ދެއްވަދޫން މަހަށް ގޮސް، އެންދަމަން ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ. ނިޔާވެފައި އޮއްވާ ފެނުނީ މުހައްމަދު ރަޝީދު ނަމަކަށް ކިޔާ 53 އަހަރުގެ މީހެކެވެ.

ފުލުހުން ބުނެފައިވަނީ ގއ. ދެއްވަދޫއިން މަހަށް ނިކުތް ދޯންޏަކުން އެންދަމަން މޫދަށް ފޭބި މީހެއްގެ ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް މިއަދު ހެނދުނު 08:30 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި ދެއްވަދުއާ މޭލެއްހާ ބޭރުން ކަނޑުމަތިން އެމީހާ ފެނިގެން ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ