މަރުގެ ތަހުގީގަށް ނިޒާމު 2 މަހަށް ބަންދުކޮށްފި

ޚަބަރު ފަހުގެ

މަރުގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު (45 އ)ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 60 ދުވަސް ޖަހައިފި އެވެ.

ނިޒާމުގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުން ފުލުހުންގެ އެދުމުގެ މަތިން ވަނީ ސިއްރު ކޮށްފަ އެވެ. އަޑު އެހުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ ނިޒާމުގެ ބަންދަށް ދެ މަސް ދުވަސް ޖަހައިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ތެޔޮ ބޯޓެއްގައި ވިލިމާލެއިން ފުރި ފަހުން ގެއްލުނު ދެ މީހުން ހޯދަމުން ދަނިކޮށް ދިވެހި މީހާ ފުލުހުންނަށް ފެނިފައި ވަނީ އިއްޔެއެވެ. ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް 45، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައަކާ ގުޅިގެންނެވެ.

ނިޒާމް އާއި ލިޓަން ދަތުރު ކުރި ބޯޓު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފެނިފަ އެވެ. އެ ބޯޓު ފެނުނީ ހުޅުލެ ކައިރިން އޮޔާދަނިކޮށެވެ.

ލިޓަންއަށް ވީ ގޮތެއް އަދިވެސް ނޭނގޭ އިރު، ވ. އަތޮޅު ވެންފަރު ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހޯމަ ދުވަހު ފެނިފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ