ރާއްޖޭގެ ސިޔާސީ ތާރީޚްގައި ރެއަކީ ތާރީޚީ ރެއެއްކަމަށާއި ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ރޭ ފެނިގެންދިޔަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ފަޒްނާ ވިދާޅުވީ ރެއަކީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ޖަލްސާއެއް އެއްތަނެއްގައި ބޭއްވި ރޭކަަމަށެވެ. އަދި ދެ ޕާޓީގެ ޖަލްސާ ކުރިއަށް ގެންދިޔައިރުވެސް ހަމަނުޖެހުމެއް ނުހިންގާކަމަށާއި ބާރުގެ ބޭނުންކޮށް އިދިކޮޅުން ބޭއްވި ޖަލްސާއަށް ހުރަސްނާޅާކަމަށާއި އެ ޖަލްސާ ނުވެސް ހުއްޓުވާކަމަށް މެޑަމް ފަޒްނާ ވިދާޅުވިއެވެ.
އަދި އިދިކޮޅު ޖަލްސާއިން މީހަކުވެސް ހައްޔަރުނުކުރާކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ފަސްޓްލޭޑީ ފަޒްނާވަނީ ރައީސް ޞާލިޙަކީ ކެތްތެރިކަމުގެ ލާމަސީލު މިސާލެއްކަމަށް ވިދާޅުވެ އެމަނިކުފާނަށް ތަޢުރީފުކުރައްވާފައެވެ.



