ފުލުހުން ހިންގި ޑުރަގު އޮޕަރޭޝަނެއްގައި 11 ކިލޯގެ ކެނަބިސްއާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އެ އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައި ވަނީ މާލެ އާއި ހުޅުމާލޭގައި ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ ހަތަރު ތަނެއް ބަލާ ފާސް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ އޮޕަރޭޝަނުގައި 11.26 ކިލޯގެ ކެނަބިސް އަތުލައިގަނެވުނު ކަމަށް ވެސް ވިދާޅުވިއެވެ.
އެ އޮޕަރޭޝަނުގެ ތަހުގީގު ފެށިގެން ކުރިޔަށް ދާއިރު އެ އޮޕަރޭޝަނުގައި ޖުމްލަ ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ސީޕީގެ ޓްވީޓުގައި ވިދާޅުވިއެވެ.



