ފިޔޯރީ ސްކޫލުގައި އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ފިޔޯރީ ސްކޫލްގެ ބާ އިމާރާތުގަ އެވެ. އެ އިމާރާތުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ މަންޒަރު ސޯޝަލް މީޑިއާގައި މިހާރު ދަރުވަމުންދާ ވީޑިއޯތަކުން ފެނެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނީ ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ގދ.ތިނަދޫ ފަޔާ ސްޓޭޝަނުން އެ ރަށަށް ދިޔުމަށް މިހާރު ދަނީ ތައްޔާރުވަމުން ކަމަށެވެ. އެގޮތުން އެ ރަށަށް ދިޔުމަށް ގާތްގަނޑަކަށް 45 މިނެޓް ނަގާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.



