މާލެއާއި އަތޮޅު ތެރޭގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ބޮޑުތަހުގީގެއް ފުލުހުން ފަށައިފި

ޚަބަރު ފަހުގެ

ދާދިފަހުން މާލެ އާއި އަތޮޅުތަކުގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ބޮޑު ތަހުގީގެއް ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިފަދައިން ވިދާޅުވެފައި މިވަނީ މިއަދު ހެނދުނު މާލޭ ނީލަން ފިހާރައިގައި އަލިފާން ރޯވުމުގެ ހާދިސާއަކާއި އިއްޔެ ހަވީރު ގދ. ފިޔޯރީ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނިކޮށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގައި ހިނގި އަލިފާނުގެ ހާދިސާތަކާއި ގުޅިގެން ފުލުހުން ހާއްސަ ތަހުގީގެއް ފަށާފައި ވާކަމަށާއި، މި ތަހުގީގަށް އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ