“އުންމީދާއެކު” ކޮންފަރެންސް މި މަހުގެ 19 އަދި 20 ގައި ބޭއްވުމަށް ނިންމައިފި

ފަހުގެ ސިޔާސީ

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ފަރާތުން “އުންމީދާއެކު” ކޮންފަރެންސް ގެ ނަމުގައި މި މަހުގެ 19 އަދި 20 ގައި ކޮންފަރެންސެއް ބޭއްވުމަށް ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މި ކޮންފަރެންސް އޮންނާނީ މި މަހުގެ 19 އަދި 20 ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ. މިއީ ޔާމީން 2023 ކެމްޕެއިންގެ އެންމެ މުހިއްމު ހަރަކާތް ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ކޮންފަރެންސްގެ ތެރެއިން އިދިކޮޅުގެ ހުރިހާ ސަފުތައް ރުކުރުވާލުން އޮންނާނެ ކަމަށާއި ކޮންފަރެންސްގައި ބައިވެރިވާނީ އިދިކޮޅު ދެ ޕާޓީގެ އިންތިހާބީ މެމްބަރުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މީގެއިތުރުން މި ކޮންފަރެންސްގެ ތެރެއިން ތަމްރީނުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށާއި އެގޮތުން ކެމްޕެއިންގައި އަމަލުކުރަންވީ ގޮތާއި ސަރުކާރުގެ ބޭފުޅުން ރަށްތަކަށް ދިޔުމުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ކިޔައިދޭނެ ކަމަށްވެސް އިދިކޮޅުން ބުނެ އެވެ.

ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުން އެމަނިކުފާނު މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ.

މި ދައުވާތައް ސާބިތުވުމުން މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިހާރު ވަނީ ބަންދުވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ