ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގެ އައު އޯޕީޑީގެ ޚިދުމަތް ފެށުމާއެކު އެ ހޮސްޕިޓަލްގައި ޑޮކްޓަރުން ބައްލަވާ ގަޑި އާއި މެމޯ ހައްދާ ގަޑިއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
އެގޮތުން މިބަދަލާއެކު ހެނދުނު ދަންފަޅީގައި ކިއު ނަމްބަރު ދޫކުރަން ފަށާނީ 6 ޖަހާއިރު އެވެ. އަދި މެންދުރު ދަންފަޅީގައި 12 ޖަހާއިރު އެވެ. މެމޯ ހައްދަން ހެނދުނު ދަންފަޅީގައި 8 ޖަހާއިރު ފަށާއިރު މެންދުރު ދަންފަޅި ފަށާނީ 12 ޖަހާއިރު އެވެ.
ކެންސަލް ކިއު ނަމްބަރު ދޫކުރަން ފަށާނީ ހެނދުނު 6 ންނެވެ. އަދި މެންދުރު ދަންފަޅީގައި 12 ޖަހާއިރު އެވެ. ކެންސަލް މެމޯ ހައްދަން ފަށާނީ ހެނދުނު ދަންފަޅީގައި 10:30 ގައި އަދި މެންދުރު ދަންފަޅީގައި 2 ޖަހާއިރުއެވެ.
ހާއްސަ ބަލިތަކުގެ އޯޕީޑީ ކުރިއަށްދާނީ ހެނދުނު 08:30 ން ހަވީރު 16:00 އަށެވެ. އަދި އާއްމު ބަލިތަކުގެ އޯޕީޑީ ކުރިއަށްދާނީ ހެނދުނު 08:00 ން ރޭގަނޑު 22:00 އަށެވެ.


