ފަތުރުވެރިކަމަށް އިތުރު ރަށްތަކެއް ބީލަމަށް ހުޅުވާލައިފި

ޚަބަރު ފަހުގެ

ފަތުރުވެރިކަމަށް އިތުރު ރަށްތަކެއް ބީލަމަށް ހުޅުވާލައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިބުރުގައި ހުޅުވާލައިފައިވަނީ 9 އަތޮޅަކުން ފަތުރުވެރިކަމުގެ 14 މަޝްރޫޢެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދޫކުރަން ނިންމާފައިވާ ރަށްރަށާއި ފަޅުތައް:

  • ހއ. އަލިދުއްފަރުފިނޮޅު (3 ހެކްޓަރު)
  • ހއ. މެދަފުށި (10.90 ހެކްޓަރު)
  • ހދ. ކުޑަފަރުފަސްގަނޑު (1.20 ހެކްޓަރު)
  • ރ. އެއްތިގިލި (ރ އަލިފުށި ފަޅުން 10 ހެކްޓަރާ އެކު، 10.90 ހެކްޓަރު)
  • ކ. ކާށިދޫ ފަޅުގެ ސަރަހައްދުން ބައެއް (10 ހެކްޓަރު)
  • މ. ބޯހުރާ (2 ހެކްޓަރު)
  • ފ. ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް – 1 (10 ހެކްޓަރު)
  • ފ. ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް – 2 (10 ހެކްޓަރު)
  • ތ. އޮޅުފުށި، އޮޅުފުށި ފިނޮޅާ އެކު (ތ. އޮޅުފުށިން ތިން ހެކްޓަރު އަދި އޮޅުފުށި ފިނޮޅުން 0.54 ހެކްޓަރު)
  • ގއ. ބޭރަމައްޑޫ (3.08 ހެކްޓަރު)
  • ގއ. ފުނަދޫވިލިގިއްލާ (ފަސް ހެކްޓަރު)
  • ގދ. ކަޅެހުއްޓާ (7.61 ހެކްޓަރު)
  • ގދ. ހާދުވާ (7.42 ހެކްޓަރު)
  • ގދ. ފެރޭތަ ވިލިނގިލި (ދެކާންބާއިން 2.39 ހެކްޓަރު، ކޮޑެރަޓާ 2.5 ހެކްޓަރު އަދި އެހެން ރަށަކުން 2.97 ހެކްޓަރު)

ޓޫރިޒަމް މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 10:00 ގައި އަދި 05 މާރިޗް 2023 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އެ މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުއްވުން އެދޭ ކަމުގައެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 05 ފެބުރުވަރީ 2023 ވާ އާދީއްތަ ދުވަސް އަދި 02 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑި:

  • 28 މާޗު: ހއ، ހދ، ރ، ކ ގެ ރަށްތަކަށް
  • 29 މާޗު: މ، ފ، ތ ގެ ރަށްތަކަށް
  • 30 މާޗު: ގއ، ގދގެ ރަށްތަކަށް

މިނިސްޓްރީން ބުނީ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ