ނައިބު ރައީސްއަށް އަމާޒުކޮށް އެއްލި ފެންކޮތަޅެއް، މާބަނޑު މީހެއް ގަޔަށް

ޚަބަރު ފަހުގެ

ހުޅުމާލެ ހޮސްޕިޓަލުން، ހިޔާގެ 16ވަނަ ޓަވަރުގައި ޤާއިމްކުރި، ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް ހުޅުވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި ހަފްލާއަށް އަމާޒުކޮށް ހިޔާފުލެޓް15 ގެ މަތިން އެއްލި ފެން ކޮތަޅެއް، މާބަނޑު މީހަކަށް އަމާޒުވެއްޖެއެވެ.

މިޢަމަލު ކުށްވެރިކޮށް އެޗްޑީސީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސިޔާސީ ބޭނުމަށް މަދުބަޔަކު އިސްނަގައިގެން ރާވާ ހިންގާ މުޖުތަމައުގެ މިންގަނޑުތަކާއި ޚިލާފު މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުން ގެންދާކަމީ އެކުންފުނިން ނިހާޔަތަށް ކަންބޮޑުވާކަމެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން މި މައްސަލަ ބަލާނެ ވާހަކަ ދަންނަވަން. އަދި މިކަމާއި ގުޅިގެން މި ކުންފުނިން އަޅަންޖެހުނު ފިޔަވަޅެއް އަޅަން ފަސް ނުޖެހޭނެ ވާހަކަ ދަންނަވަން.” އެޗްޑީސީ

ޞިއްޙީ ޚިދުމަތް ރައްޔިތުންނާއި ގާތުން ފޯރުކޮށް ދިނުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން، ހުޅުމާލެ ހޮސްޕިޓަލުން، ހިޔާގެ 16ވަނަ ޓަވަރުގައި ޤާއިމްކުރި، ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް ރައީސުލްޖުމްހޫރިއްޔާގެ ފައިޞަލް ނަސީމް ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފައިވާއިރު މިކްލިނިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހުޅުމާލެ ފޭސް 2ގެ ހިޔާ ސަރަޙައްދުގައެވެ.

ކްލިނިކް ހުޅުއްވައި ދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކްލިނިކްގެ ޔުނިޓްތައް ބައްލަވާލައްވައި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް އޮޅުންފިލުއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ