ހަނިމާދޫ ލީގު ފަށަން ތައްޔާރު ވެފައިވަނިކޮށް ދަނޑު ދޭން ހަނިމާދޫ ކައުންސިލުން ދެކޮޅުހެދުމުން ޒުވާނުން މުޒާހަރާކޮށްފިއެވެ.
މިއަދު ހަވީރު ހަނިމާދޫ ބޮޑެތި މަގުތަކުގައި ޒުވާނުން މުޒާހަރާ ކޮށްފައިވަނީ އެމްޑީޕީ ޕުރައިމަރީ ކެމްފޭން ނިންމުމަށް ރައިސް ސޯލިހު ފަޅިން ހިނގާލުން ކުރިޔަށް ދިޔަވަގުތުގައެވެ.
ޒުވާނުންގެ ތެރެއިން އިސްކޮށް އުޅުނު ފަރާތަކުން ގޮށްކޮޅަށްމައުލޫމާތު ދެމުން ބުނީ ސިޓީ ފޮނުވަން އެދުމުން ސިޓީ ފޮނުވި ކަމަށާ، ޖަވާބެއް ހޯދަލާން ހަނިމާދޫ ޒުވާނުންގެ ފަރާތުން ގުޅުމުން ނަންބަރު ބުލޮކް ކޮށްލާފައިވާކަމަށެވެ.

” ކޮންމެ ހުކުރު ދުވަހު ބިދޭސިން ދަނޑުގައި ދަގަނޑު ޖަހައިގެން ކުރިކެޓު ކުޅޭ، އެކަމަށް ހުއްދަ ނަކާކަށް ނުޖެހެ، ޒުވާނުން ޖެހެނީ ހުއްދަ ނަގަންވެސް، ރައިސް ސައްތާރު ފައިބުޑަށް ކޮންމެ ފަހަރަކު ސަލާން ޖަހަން ދާންވެސް” މުޒާހަރާގެ ބައިވެރިން
މުޒާހަރާ ކުރަމުން ދިޔަ ވަގުތު ހަނިމާދޫ ދާއިރާގެ އެމްޑީޕީ ރައީސް ސާހިދު ވަނީ ޕުރައިވެޓް ކާރެއްގައި ޒުވާނުންގެ މުޒާހަރާ ތެރެއަށް ވަދެފައެވެ. ނަމަވެސް ޒުވާނުން ވަނީ އޭނާ ދިއުމަށް ތަން ދައްކާފައެވެ.
ޒުވާނުން އެދެމުން ދިޔައީ ހަނިމާދޫ ލީގު ފެށުމަށް ހުއްދަ ދީ ދަނޑު ދިނުމަށެވެ. ޒުވާނުންގެ އެދުމަށް ހައްލު ހޯދައިދޭން ހަނިމާދޫ ކައުންސިލް އެސްޖީ ވަނީ ޒުވާނުން ވާހަކަދައްކާފައެވެ. އަދި ޒުވާނުން އެދުނު ގޮތަށް ކައުންސިލް ރައިސާ ޒުވާނުންގެ ކައިރިޔަށް ވަނީ ގެނެސްދީފައެވެ.
ޒުވާނުން މުޒާހަރާ ނިންމާލީ ޒުވާނުން ބޭނުންވާގޮތަށް ހަނިމާދޫ ލީގު ކުޅެން ކައުންސިލް ރައީސް ސައްތާރު ހުއްދަ ދިނުމުނެވެ.
އަދި މިރޭ 19:18 ހާއުރި ވަނީ ކައުންސިލް ރައީސް ސޮއިކުރައްވާ މުބާރާތް ކުރިޔަށްގެންދަން ހުއްދަދީ ސިޓީ ވެސް އާންމު ކޮށްފައެވެ.


