ޕްރައިމަރީގެ ވޯޓްލުން ހަނިމާދޫ ދާއިރާގެ ހުރިހާ ރަށެއްގައި ފަށައިފި

ހަނިމާދޫ ފަހުގެ ސިޔާސީ

މިއަދު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ހަނިމާދޫ ދާއިރާގެ ހުރިހާ ރަށެއްގައިވެސް ފެށިގެން ކުރިޔަށް އެބަދެއެވެ.

ހަނިމާދޫ 271 މީހުނަން ވޯޓު ލުމުގެ ހައްގު ލިބިގެން ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އިންތިހާބުގައި ވޯޓްލުން 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ޕްރައިމަރީގައި 200 އަށް ވުރެ ގިނަ ވޯޓް ފޮށި ބަހައްޓާނެއެވެ. މީގެ ތެރެއިން 49 ފޮށި ހުންނާނީ މާލެ ސަރަހައްދުގައެވެ. ދެން ހުރި ހުރިހާ ވޯޓްފޮށިތަކެއް ހުންނާނީ އަތޮޅުތެރޭގައެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި އެމްޑީޕީގެ 57،257 މެމްބަރުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެއެވެ.

މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ