މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީން ހަނިމާދޫ ދާއިރާއިން ބޮޑު ތަފާތަކުން ރައީސް ޞާލިޙް ކާމިޔާބުކޮށްފިއެވެ.
ހަނިމާދޫ ދައިރާ ހިމެނޭ ފިނޭއިން ރައީސް ޞާލިޙްއަށް 28 ވޯޓް ލިބުނު އިރު ރައީސް ނަޝީދުއަށް ލިބުނީ 9 ވޯޓެވެ. ނައިވާދޫ ރައީސް ޞާލިޙްއަށް ލިބުނު އިރު 32 ނަޝީދު އަށް ލިބުނީ 3 ވޯޓެވެ. ހިރިމަރަދޫން 29 ވޯޓު ރައީސް ޞާލިޙްއަށް ލިބުނުއިރު ނަޝީދަށް ލިބުނީ 3 ވޯޓެވެ. ހަނިމާދޫން 157 ވޯޓު ރައީސް ޞާލިޙް ހޯދިއިރު ނަޝީދުއަށް ލިބުނީ 55 ވޯޓެވެ.
ހަނިމާދޫ ދައިރާއިން ރައީސް ޞާލިޙް އަށް ޖުމުލަ ލިބުނީ 246 ވޯޓެވެ. ރައިސް ނަޝީދު އަށް ލިބުނީ 70 ވޯޓެވެ.
ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ފަށާފައިވާ އިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 57،000 މީހުންނަށެވެ.


