މޫދުގައި އޮތް ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ

ޚަބަރު ފަހުގެ

ކ. ތުލުސްދޫ ކައިރިން މޫދަށް އެރި އުޅުނު ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި މިއަދު މަރުވެއްޖެ އެވެ.

ރާއްޖެ އަށް ޗުއްޓީ އަށް އައިސް އުޅުނު ސްޕެއިންގެ އެ ފިރިހެންމީހާ މަރުވީ، ކުޑަވިލިގިލި ކައިރިން ކަނޑުއޮޅި އަށް މޫދަށް އެރި އުޅެނިކޮށް އޭނާގެ ގައިގެ މަތިން ލޯންޗެއް ދުއްވާފައި ދިއުމުން ލިބުނު ޒަޚަމްތަކުގެ ސަބަބުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މުއުލޫމާތު ލިބޭ ގޮތުން މި އެކްސިޑެންޓްގައި ލޯންޗްގެ ބުރަފަތީގައި ޖެހިގެން އެ މީހާގެ އެއް އަތް ވަނީ ބުރިވެފައެވެ. އަދި ބަނޑު ކަފައިގެން ގޮސް ގޮހޮރު ވެސް ވަނީ ބޭރަށް ނުކުމެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ