ލައިސަންސްގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

ޚަބަރު ފަހުގެ

ލައިސަންސްގެ ޚިދުމަތް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރައްޔިތުންނަށް ފޯރޮކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އަލަށް ތައްޔާރުކުރެވުނު ސޮފްޓްވެއާގެ ޚިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ކުރުމަށްޓަކައި، 29 ޖެނުއަރީ 2023 ވަނަ ދުވަހުން ފެށިގެން 04 ފެބުރުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް ލައިސަންސްގެ އެންމެހާ ޚިދުމަތްތައް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ލައިސަންސްގެ ޚިދުމަތް ހުއްޓާލާފައިވާ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވާ ލައިސަންސް ބޭނުންކޮށްގެން 14 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް އެއްގަމު އުޅަނދު ދުއްވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އަލަށް ތަޢާރަފްކުރެވޭ މި ސޮފްޓްވެއާގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތަށް ކުރެވިގެންދާނީ ޑިޖިޓަލްކޮށް ކަމަށެވެ. އަދި ލައިސަންސް ދޫކުރެވޭނީ ވެސް ޑިޖިޓަލްކޮށް ކަމަށެވެ. މިކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށް ދެވޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

އަދި މި ބަދަލާއި ގުޅިގެން މިހާރު ޕްރިންޓިންއަށް ކުރަމުންގެންދާ ހޭދަ ކުޑަވެގެން ދާނެ ކަމަށާއި ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރިނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅޭ ފަރާތްތަކަށް އެފުރުޞަތު ވެސް ފަހިކޮށް ދެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ