2023 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 6 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެ ގޮތަށް ނިންމެވީ އެއީރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވާ ދުވަސް ކަމުގައި ވާތީ ކަމަށެވެ.
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލް އޮފީހުން ނިންމީ 21 ޖެނުއަރީ 2019 ގަ އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަމުންނެވެ.


