ރިޔާސީ އިންތިހާބަށް 200 އަށްވުރެ ގިނަ މުވައްޒަފުން ހޯދަނީ

ޚަބަރު ފަހުގެ

ރިޔާސީ އިންތިހާބަށް، އިލެކްޝަން ކޮމިޝަންގެ ވަޒީފާއަށް 200 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެ ކޮމިޝަނުން ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް 203 މުވައްޒަފުން ހޯދަން މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ހޯދަމުންދާކަމަށް އިލެކްޝަންސްއިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިލެކްޝަންސް ކޮމިޝަނަށް ހޯދަނީ

  • ސުޕަވައިޒަރުން
  • އޮފިޝަލުން
  • ކޯޑިނޭޓަރުން
  • ރާއްޖޭގެ ރަށްތަކަށް ފޮނުވާނެ މީހުން
  • ލޯކަލް ކޯޑިނޭޓަރުން
  • އެޗްއާރް މުވައްޒަފުން
  • އިލެކްޝަން ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތުގެ މަސައްކަތްތައް ބަލަހައްޓާނެ އޮބްޒަރވަރުން
  • އޮބްޒަރވަރުންގެ މަސައްކަތްތައް ބަލަހައްޓާނެ މުވައްޒަފުން
  • އެހެނިހެން ކަންކަމުގައި ޝާމިލްވެ އުޅޭނެ މީހުން

މި ވަޒީފާތަަކަށް މީހުން ނަގާނީ ރިޔާސީ އިންތިހާބުގެ ނިޔަލަށެވެ. ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށް މަހު މުސާރައެއެއްގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ 4465ރ އެވެ. އެލެވަންސްގެ ގޮތުގައި ކޮންމެ މަހަކު 1500ރ ދިމުނަށް ނިންމާފައިވާއިރު އެ ކޮމިޝަންގެ މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 155ރ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިލެކްޝަން ކޮމިޝަން ވިދާޅުވީ މި ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، އަންނަ އޭޕްރިލް 30 ވާ އާދީއްތަ ދުވަހުގެ 15:00 އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ. އެ ކޮމިޝަނުން ވިދާޅުވީ އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ 30 ސެޕްޓެމްބަރުގައިކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ