ހަނިމާދޫ ހިމެނޭހެން 4 ރަށެއްގައި ފްލޯޓިންގ ސްވިމިންގ ޕްލެޓްފޯމް ޤާއިމްކުރަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ހިމެނޭހެން 4 ރަށެއްގައި ފްލޯޓިންގ ސްވިމިންގ ޕްލެޓްފޯމް ޤާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހަވާލުކޮށްފިއެވެ.

މިމަސައްކަތް އެމިނިސްޓްރީގެ ފަރާތުން ޙަވާލުކޮށްފައިވަނީ ސުވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫގެ އިތުރުން ދެން ފްލޯޓިންގ ސުވިމިންގ ޕްލެޓްފޯމް ޤާއިމުކުރަނީ ހއ.ހޯރަފުއްޓާއި، ގއ.ވިލިނގިލީގެ އިތުރުން އައްޑޫ ސިޓީ މަރަދޫފޭދޫގައެވެ.

ހދ. ހަނިމާދޫ އާއި ހއ.ހޯރަފުށީގައި ފްލޯޓިންގ ސުވިމިންގ ޕްލެޓްފޯމް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ އެއް މިލިއަން ތިރީސް ދެހާހަށްވުރެ ގިނަ ރުފިޔާއަށެވެ. ގއ.ވިލިނގިލީ މަޝްރޫޢު އެއް މިލިއަން ސާޅީސް ހަތްހާހަށްވުރެ ގިނަ ރުފިޔާއަށް ޙަވާލުކޮށްފައިވާއިރު އައްޑޫ ސިޓީ މަރަދޫ މަޝްރޫޢު ޙަވާލުކޮށްފައިވަނީ އެއް މިލިއަން ހަތްދިހަ ދެހާހަށްވުރެ ގިނަ ރުފިޔާއަށެވެ.

މިމަޝްރޫޢުތައް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާސިޙް ރަޝީދެވެ. އަދި ސުވިމިން އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް ޢަލީއެވެ.

މިމަސައްކަތް ސުވިމިން އެސޯސިއޭޝަނާއި ޙަވާލުކޮށްފައިވަނީ މިމަސައްކަތުގެ ފައިސާ އެސޯސިއޭޝަނަށް ލިބޭ ދުވަހުން ފެށިގެން 75 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ