އަންނަ އާދިއްތަ ދުވަހުން ފެށިގެން ޑިޖިޓަލް ޑްރައިވިން ލައިސަންސް ބޭނުންކުރަން ފަށާނީ

ޚަބަރު ފަހުގެ

އަންނަ އާދިއްތަ ދުވަހުން ފެށިގެން ޑިޖިޓަލް ޑްރައިވިން ލައިސަންސް ބޭނުންކުރަން ފަށާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ އިދާރާއިން ދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަކަމާއެކު އެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަގުސަދުގައި އަލަށް ފަރުމާކުރެވުނު ސޮފްޓްވެއާގެ ބައިތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިދުމަތް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ހިދުމަތް ފެށުމާއެކު ފުލުހުންގެ މޯބައިލް އެޕްލިކޭޝަން “ޕޮލިސް އެމްވީ” އިން ފެންނަ މިނިސްޓްރީގެ ޑިޖިޓަލް ލައިސަންސް އަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސްގެ ގޮތުގައި ބައްލައިގަންނާނެ ކަމަށް ވެސް ބުންޏެވެ.

ޕޮލިސް އެޕްލިކޭޝަން އިން ފެންނަ ލައިސަންސްއަކީ މުއްދަތު އޮތް ލައިސަންސްއެއް ނަމަ އެއީ ސައްހަ ލައިސެންސް ކަމުގައި ފުލުހުން ބަލައިގަތުމަށް މިނިސްޓްރީން އަންގަފާއިވާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ