ޑިޕްރެޝަންގެ ފަރުވާއަށް އާއްމުކޮށް ކައި އުޅޭ ބޭހެއް ކަމަށްވާ (Antidep 25mg (film coated tablet ގެ ބެޗް ނަންބަރ (2141H003) އިމްޕޯޓް ކުރުމާއި، ވިއްކުމާއި، ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާ ކޮށްފިއެވެ.
އެމްއެފްޑީއޭ އިން ކުރި އިއުލާނެއްގައި ބުނީ، ރާއްޖެ އިމްޕޯޓްކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ބޭސް ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުންންދާ ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން ހެދި ތަހުލީލުތަކުގެ ނަތީޖާ ދައްކާގޮތުން، މި ބޭހުގެ އެ ބެޗުގައި ހުންނަންވާ މިންވަރަށް ވުރެ، ބޭހުގެ އެކްޓިވް އިންގްރީޑިއަންޓްގެ މިންވަރު ދަށެެވެ.
އެހެންކަމުން މި ބޭހުގެ އެ ބެޗް އިމްޕޯޓް ކުރުމާއި، ވިއްކުމާއި، ބޭނުން ކުރުމަކީ މަނާ ކަމެއްކަން ވަނީ ބުނެފައެވެ. އަދި މާރކެޓްގައި ހުރި މިބެޗްގެ ބޭސް، އެމްއެފްޑީއޭގެ ފަރާތުން ނަގަމުން ގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.


