ހުޅުމާލޭގައި ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުވައިފި

ޚަބަރު ފަހުގެ

ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.

އެ އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އާ އިމާރާތް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ ވަރަށް ގިނަ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ހިދުމަތްތައް ފުޅާވެ، ކުރަން ޖެހޭ މަސައްކަތަށް އިތުރުވިޔަސް، އޮފީސް ހިންގާނެ އިމާރާތްތައް މަދު ކަމަށެވެ. އެކަމުގެ ސަބަބުން، އަމިއްލަ މީހުންގެ އިމާރާތްތަކުގައި އޮފީސް ހިންގަން ޖެހި، ދައުލަތުގެ ބަޖެޓުން ކުއްޔަށް ކުރަން ޖެހޭ ހަރަދު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެހެންވެ، މި އާ އިމާރާތުގެ އެންމެ ބޮޑު ބޭނުމަކީ އެ ހަރަދު ސަލާމަތްކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެ އިމާރާތް ހެދީ ސަރުކާރުގެ ގިނަ އޮފީސްތަކެއް އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ބޮޑު ކުއްޔެއް ދީގެން ހިންގަން ޖެހޭތީ އެކަމަށް ހައްލެއް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، 2019 ގައި އެގޮތަށް ނިންމެވުމާ ގުޅިގެންނެވެ.

ހުޅުމާލޭ ފޭސް އެެކެއްގައި 185 މިލިއަން ރުފިޔާގެ އެ އޮފީސް އިމާރާތްކުރުމަށް ހަވާލުކުރީ ޗައިނާގެ ހުނާން އިންޖީނިއަރިންއާ އެވެ.

އެތަން ބޭނުންކުރަން ފެށިއިރު، ހަ ބުރީގެ އެ އިމާރާތުގައި ތިން މިނިސްޓްރީ އާއި އެހެން އޮފީސްތަކެއް ވެސް ހިންގާނެ އެވެ. އެއީ؛

  • ގްރައުންޑް ފްލޯ – ޕާކިން
  • ދެވަނަ ފްލޯ – ޖެންޑާ މިނިސްޓްރީ
  • ތިންވަނަ ފްލޯ – ޓްރާންސްޕޯޓް މިނިސްޓްރީ
  • ހަތަރުވަނަ ފްލޯ – އެމެރިކަން އެމްބަސީ
  • ފަސްވަނަ ފްލޯ – ހަޔަ އެޑިއުކޭޝަން
  • ހަވަނަ ފްލޯ – ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމެއް އަދި ޓެރަސް

އުމަރު ޒާހިރުގެ ނަމަށް ނިސްބަތްކޮށް ސަރުކާރުގެ އޮފީސް އިމާރާތެއް ހުޅުވުމަކީ އެމަނިކުފާނުގެ ގައުމީ ހިދުމަތުގެ ކުލަގަދަކަން ޒަމްޒުކޮށްދޭ ކަމެއް ކަމަށެވެ. މިއަދު މި އަގުވަޒަން ކުރަނީ އެމަނިކުފާނުގެ އަގުހުރި ހިދުމަތްތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ