ކުރިން ވިސާ ނެގުމަކާ ނުލައި ނުވަތަ އޮން އެރައިވަލް ވިސާގައި ރާއްޖެއާއި ޗައިނާއާ ދެމެދު ދަތުރުކުރެވޭ ގޮތަށް ސޮއިކުރި ވިސާ ފްރީ އެއްބަސްވުމަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.
ކުރިން ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް މިހާރު ޗައިނާއިން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ.
ރާއްޖެއިން ވަނީ ވިސާއާ ނުލައި ތުރުކީ، ތައިލެންޑް، އަދި ކަޒަކިސްތާނަށްވެސް ދެވޭ ގޮތް ހަދައިފައެވެ. އޭގެ އިތުރުން ޔޫރަޕުގެ އިތުރު ގައުމުތަކަށްވެސް ކުރިން ވިސާ ނެގުމެއް ނެތި ދަތުރުކުރެވޭ ގޮތް ވަނީ ހަމަޖައްސައިފައެވެ.


