ނަޝީދުގެ ވަފުދެއް ގާސިމްގެ އަރިހަށް

ފަހުގެ ސިޔާސީ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވަފްދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހަށް ވަޑައިގެންފި އެވެ.

ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ ގާސިމްގެ ސަން އައިލެންޑްގައި އެމަނިކުފާނާ ނަޝީދުގެ ފަރާތްޕުޅުން ބައްދަލުކުރެއްވީ ކުރީގެ ގދ. މެމްބަރު މުހައްމަދު ރަޝާދު ހުސައިން އާއި މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް ކަމަށެވެ. ނަމަވެސް މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނަޝީދުގެ ފެކްޝަނުން ނުދެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުންތަކެއް ވެސް ދާދިފަހުން ވަނީ ގާސިމްއާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ