ރައީސް ސޯލިހް ފަލަސްތީނުގެ ރައީސްއާ ބައްދަލުކުރައްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރައްވައިފި އެވެ.

ރައީސް ސޯލިހް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރެއްވީ ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސްގެ ހަވާސާގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބައްދަލުވުމާއި ދެ ޤައުމުގެ ގުޅުމާއި، ޙާލަތުގެ މައްޗަށް ދެބޭފުޅުން ވަނީ އަލިއަޅުވާލާފައެވެ. މި ބައްދަލުވުމަށްފަހު ރައީސުޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައްދަލުވުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެއްޖެކަމަށެވެ. އަދި ރާއްޖެއާއި ފަލަސްތީނާއި ދެމެދު އޮތް ޒަމާންވީ ގުޅުން، މިގޮތުގައި ވަރުގަދަކަމާއެކު އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ފަލަސްތީނަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކުގައި، ރާއްޖެއިން ދެވެންއޮތް އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުހުން އަބަދުވެސް ދެމުންދާނެކަމުގެ ޔަގީންކަން، ފަލަސްތީންގެ ރައީސްއަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.

ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 4 އޭޕްރިލް 1982 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ