ސަޢޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ނިންމައިފި

ޚަބަރު ފަހުގެ

ރަމަޟާންމަހާއި ދިމާކޮށް މިއަހަރުވެސް ސަޢޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވީ ސައުދީން ހަދިޔާ ކުރާ ކަދުރު ރާއްޖެއަށް ލިބޭނެކަމަށް ލަފާކުރެވެނީ ރަމަޞާންމަހު ފެށޭ ހިސާބުގައިކަމަށެވެ. އަދި ފުރަތަމަ ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ލިސްޓުގައި ތިބި މީހުންނަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއަށްފަހު ގޭބިސީތަކަށް ބެހުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިދިޔަ އަހަރުވެސް ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ