މާލެ ދަތުކުރަމުންދިޔަ ބޯޓެއްގައި އަލިފާން ރޯވެ އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ރޭ ދަންވަރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ “އާގަލާ” ކިޔާ ބޯޓެއްގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ،
މި ބޯޓްގައި އަލިފާން ރޯވުމާއި އެކު އޭގައި ތިބި އެންމެން ވަނީ ކަނޑަށް ފުންމާލާފައެވެ. މި ބޯޓްގައި އެވަގުތު 15 މީހުން ތިބިކަމަށާއި އެގެތެރޭގައި ހިމެނެނީ 5 ދިވެހިންނާއި އިންޑިއާ 5 މީހަކާއި ބަންގްލަދޭޝްގެ 5 މީހުންކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ބޯޓްް ހޯދުމުގެ މަސައްކަތް ސެންޓަރަލް އެރިއާގެ ސިފައިން ކުރަމުން ދަނިކޮށް ބޯޓް ލޮކޭޓް ކުރެވިފައިވާކަމަށާއި ކަނޑުވި ތެރެއިން 14 މީހަކު ފެނިފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިހާތަނަށް ނުފެނި ގެއްލިގެން ހޯދަމުން އަންނަނީ އިންޑިއާ މީހެއްކަމަށާއި އެމީހާ އަދިވެސް ފެނިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގައިގެން އެކަން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 02:47 އެހާކަންހާއިރު އެވެ. ކަނޑުވި މީހުން ހޯދާ އެމީހުން ނަގާފައިވަނީ 4 ޖެހި ފަހުންނެވެ. ސަލާމްތަކުރެވުނު މީހުންހެ ހާލަތެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.


