އަލިފާން ރޯވި ބޯޓު އަޑިއަށް، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ވައިގެމަގުން ފަށައިފި

ޚަބަރު ފަހުގެ

ރޯވި ”އާގަލާ” ބޯޓު އަނދާހުލިވެ، އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އަލިފާން ރޯވެ، ލިބުނު ގެއްލުމުގެ ސަބަބުން ބޯޓު މިއަދު ހެނދުނު 08:20 ހާއިރު އަޑިއަށް ގޮސްފައިވާކަމަށެވެ. އަދި ބޯޓުން ގެއްލިލުނު މީހާ ހޯދުމަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން ބަލަމުންދާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އާގަލާ ބޯޓޫން ގެއްލިގެން ހޯދަމުންއަންނަނީ އިންޑިއާގެ ރައްޔިތެކެވެ. މިހާތަނަށް ކުރި މަސައްކަތުން އަދި އޭނާ ފެނިފައެއް ނުވެއެވެ.

އައްޑޫން ފުރައިގެން މާލެ އަށް ދަތުރުކުރި އާގަލާ ބޯޓުގައި އަލިފާން ރޯވެ ޙާލުގައި ޖެހުނީ މ.ތުވަރު ކައިރިން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. ބޯޓުގައި އަލިފާން ރޯވުމުން އޭގައި ތިބި 15 މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ. އެއާއެކު އޭގެ ތެރެއިން އެކަކު ވަނީ ގެއްލިފައެވެ.

ބޯޓުގައި ތިބީ ޖުމުލަ ފަސް ދިވެހިންނާއި އިންޑިއާގެ ފަސް މީހަކާއި ބަންގްލަދޭޝްގެ ފަސް މީހެކެވެ. 14 މީހަކު އެމްއެންޑީއެފުން ވަނީ ސަލާމަތްކޮށް މ.މުލީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އާގަލާ ބޯޓުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައި ވަނީ ރޭ 2:47 ކަންހާއިރުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ