ނައިބުރައީސް ފީރާގް މުހައްމަދު ބޮޑު ތުހުމަތެެއް ހަނިމާދޫ ސްކޫލް ދަރިވަރުންނަށް ކޮށްފިއެވެ.
މިއަދު ހަނިމާދޫ ކައުންސިލް އަދި ހަނިމާދޫ ސްކޫލް ގުޅިގެން ބޭއްވި ޖަވާހިރުލް ޤުރުއާން މުބާރާތް 1444 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.
އެ ޖަލުސާގައި ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ވިދާޅުވީ ހަނިމާދޫ ސްކޫލްގައި ކިޔަވާ ދަރިވަރުން މާލޭގެ ބޮޑެތި ގޭންގުތަކާއި ގުޅުމަކީ ހަގީގަތުގައިވެސް ބިރު ގަންނަން ޖެހޭ ކަމެެެއްކަމަށެވެ. އަދި އެގޮތަށް ގުޅިގެން އުޅޭ ކުދިން އެބައުޅޭ ކަމަށެވެ.
ނަމަވެސް އެެއީ ކިހާ ކުދިންނެއް ކަމެއް އަދި އެއީ ކޮން ގޭންގުތަކެއް ކަމެއް ނައިބުރައީސް ފިރާގް މުހައްމަދު ފާހަގައެއް ނުކުރައްވައެވެ.
އެފަދަ ކަންތަކަށް ކުދިން އަރައިގަންނަނީ ސްމާޓް ފޯނު ދީ އިންޓަނެޓް ހިދުމަތް 24 ގަޑިއިރު ދަރިވަރުންނަށް ދީފައި ހުންނާތީ ކަމަށްވެސް ނައިބުރައީސްގެ ވާހަކައިގައި ވަނީ ފާހަގަކޮށްފައެވެ. އަދި ފޯނު ދަރިވަރުންނަށް ދިނަސް އެކަމުގައި ވަކި ހުދޫދެއް ގެންގުޅުމަށް ވަނީ ބެލެނިވެރިންގެ އަރިހުން އެދިފައެވެ.


