ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އޮސްޓް ރިފްރެޝަރ ޕްރޮގްރާމް ހިންގައިފި

ޚަބަރު ފަހުގެ

ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް ޓްރެއިނިންގ (އޮސްޓް) ރިފްރެޝަރ ޕްރޮގްރާމް ހިންގައިފިއެވެ.

މާރިޗު 13 އިން 16 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުން ގާނޫނީ ހަމަތަކާ އެއްގޮތަށް ހިފާނެގޮތާއި ފުލުހުން ބޭނުންކުރާ ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާމެދު އަމަލުކުރާނެ އާންމު އުސޫލުތަކާއި މީހަކު ނުކިޔަމަންތެރިވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި ފުލުހުންގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ކުރުމަށް މައުލޫމާތުދިނުމުގެ ކްލާސްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ