މާރާމާރީއާއި ގުޅިގެން ހޯދަމުންދިޔަ ޒުވާނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާއި ގުޅިގެން ފުލުހުން ހޯދަމުންދިޔަ އިބްރާހިމް ފައިހް ނިޒާމް އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެއެވެ.

ފުލުހުން ދެންމެ ބުނެފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ހޯދަން އިއުލާނުކޮށްފައިވާ ސ. މަރަދޫފޭދޫ/ރަށްދެބައިގޭ، އިބްރާހިމް ފައިހް ނިޒާމް މިރޭ އަމިއްލައަށް ފުލުހުން ހާޒިރުވުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މާލޭގައި މިއަދު ފުލުހުން ހިންގި އޮޕަރޭޝަނަކީ ފައިހް ހޯދުމަށް ހިންގި އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފައިހް ހައްޔަރުކޮށްފައިވާއިރު ފައިހް ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ފަސް ފިރިހެނަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ