މިއަދު މެންދުރު 14:18 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައި ދުބާއީގެ އެފްޒެޑް 1569 ގެ ފުރޮޅު ފަޅައިގެން ދިޔުމުގެ ސަބަބުން އެއާޕޯޓުގެ ރަންވޭގެ ބައެއް ބަންދުކޮށްފިއެވެ.
ފްލައިޓުގެ ފުރޮޅު ފަޅައިގެން ދިޔައީ ލޭންޑު ކުރުމުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
އަދި މިހާރު ރަންވޭ އިން ބައެއް ބަންދުކޮށްފައިވާއިރު މިގަޑީގައި ލޭންޑުކުރަން ހުރި ބައެއް ފްލައިޓުތައްވެސް ވަނީ ޑައިވާޓްކޮށްފައެވެ.


