އޮފީހެއް ފަޅާލައި ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

ޚަބަރު ފަހުގެ

ހެންވޭރު ގެއްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އޮފީހެއް ފަޅާލައިގެން ވަގަށް ނެގި ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން، ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައި، މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އޮފީހެއް ފަޅާލައިގެން ވައްކަންކުރި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ މައްސަލައާ ގުޅިގެން 43 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ މީހާ ހައްޔަރުކޮށް އޭނާ ދިރިއުޅު ތަން ބަލައި ފާސްކުރުމުން އެތަނުން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ