ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް މިހާރު އޮމާނަށް ދަތުރުކުރެވޭނެ

ޚަބަރު ފަހުގެ

ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެޤައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިއިންތިޒާމުގެ ދަށުން މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރާ މީހުންނަށް އެޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެޤައުމުގައި ތިބެވޭނެކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކުރިން ވިސާއެއް ނެގުމަކާނުލައި އޮމާނަށް ދަތުރުކުރެއްވުމަށްޓަކައި ދުރާލައި ހައްދާފައިވާ ހޮޓަލް ބުކިން އަކާއި ހެލްތު އިންޝުއަރެންސް އާއި ދެކޮޅު ޓިކެޓު އޮންނަންވާނެކަމަށާއި އަދި ޕާސްޕޯޓުގެ މުއްދަތު މަދުވެގެން 6 މަސްދުވަސް އޮންނަންވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އޮމާނުން ދިވެހިންނަށް ވިސާ މައާފު ކޮށްދިނުން، ދިވެހި ސަރުކާރުން ދެކެނީ ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމާއި އޮމާނުން ދިވެހިރާއްޖެއަށް ދޭ ޚާއްސަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއާއި ދުނިޔޭގެ ޤައުމުތަކާ ދެމެދު އޮންނަ ގާތްގުޅުމުގެ ދަށުން އެ ޤައުމުތަކުން އަންނަނީ އޮންއެރައިވަލް ވިސާ ހަމަޖައްސައިދމުންނެވެ. މިގޮތުން މިހާރުވެސް 80 އަށްވުރެ ގިނަ ޤައުމުތަކުން އޮންއެރައިވަލް ވިސާ ދިވެހިންނަށް ލިބެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ