ކަނޑުހުޅުދޫ، ގެއްލިގެން ހޯދަމުން ދިޔަ މީހަކު ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

ޚަބަރު ފަހުގެ

ގއ. ކަނޑުހުޅުދޫގައި ގެއްލިގެން ހޯދަމުންދިޔަ މީހަކު އެ ރަށު ފަޅުތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ ކަނޑުހުޅުދޫގައި މީހަކު މިއަދު ފަތިހު 04:25 ހާއިރު ގެއިން ނިކުމެގެން ދިޔަގޮތަށް ޚަބަރެއް ނުވާކަމަށް ފަތިހު 04:45 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އާއިލާ މީހުންނާއި ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ރަށު ފަޅު ތެރެއިން ސައިކަލާއެކު އޭނާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މަރުވެފައި އޮއްވައި ފެނުނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެކަމާ ގުޅުގެން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ