ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ މާމަ ޒުލައިހާ ހުސައިން (ކަނދި ދަލޭކާފުޅު) ނިޔާވެއްޖެ އެވެ.
މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުމުރުން 86 އަހަރުގެ މާމަ ނިޔާވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި ލައިބާ އަހުމަދު މަހުލޫފު (އެލީ) އާއި މާމަ ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވައި މަހްލޫފް ވިދާޅުވީ މާމަގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ.
މަހުލޫފު ވަނީ އޭނާގެ މާމަގެ ޖަނާޒާ އާއި ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ. ޒުލައިހާގެ މައްޗަށް ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުު އަސުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އެވެ.


