ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމްގެ އިސްތިއުނާފު ހައިކޯޓުން ބަަލައިގަނެފިއެވެ.
ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ.
ުއެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ، ވ.އާރަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ރައީީސް ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ޙުކުމްކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުއެވެ. އިސްތިއުނާފްގެ ބައެއް ކަންކަން އިސްލާހުކުރަން އެންގުމަށްފަހު އެ މައްސަލަ ބަލައިގަނެ، ރަޖިސްޓްރީ ކޮށްފައިވާކަން މިއަދު ހައި ކޯޓުން ވަނީ އަންގައިފައެވެ.


