އެކައުންޓަންޓް ޖެނެރަލްގެ މަޤާމަށް އާޒާދު

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެކައުންޓަންޓް ޖެނެރަލްގެ މަޤާމު އުފައްދަވާ އެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމު ފުރުއްވަމުން ގެންދެވި މުޙައްމަދު އާޒާދުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެކައުންޓަންޓް ޖެނެރަލްގެ މަޤާމަކީ މުޅިން އަލަށް އުފެއްދެވި މަޤާމެކެވެ. މި މަޤާމަކީ މާލިއްޔަތު ޤާނޫނަށް ގެނައި އިސްލާހާއެކު، ރައިސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އުފެއްދެވި މަޤާމެކެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި މަޤާނު އުފައްދަވާފައިވަނީ، ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމު އުވާލެއްވުމަށްފަހުކަމަށެވެ.

އެކައުންޓަންޓް ޖެނެރަލްގެ މަސްޢޫލިއްޔަތުގެ ތެރޭގައިި ދަޢުލަތުގެ ފައިސާއާއި ހިސާބުތައް އަދި ހިސާބުތަކާގުޅޭ ލިޔެކިޔުންތައް ހިންގާ ބެލެހެއްޓުން ހިމެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ