ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެ އަންހެނަކަށް އަނިޔާވެއްޖެ

ޚަބަރު ފަހުގެ

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފިތުރޯނު މަގު ފެރީ ޓާމިނަލް ކައިރިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 9:38 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 26 އަހަރުގެ ދިވެހި އަންހެންކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށާއި އެ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ