ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ

ޚަބަރު ފަހުގެ

ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ވިދާޅުވެއްޖެއެވެ.

ފާއިތުވި 4 އަހަރު ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ ޢަދަދު އިސްލާމިކް މިނިސްޓަރީން ވަނީ ހާމަކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ފާއިތުވި 4 އަހަރުގެ ތެރޭގައި އެންމެ ގިނައިން ފިޠުރު ޒަކާތުގެ ގޮތުގެ ގޮތުގައި ފުރަތަމަ 10 ދުވަހު ލިބިފައިވަނީ 1441 ވަނަ އަހަރުގައެވެ. އެއީ 1.5 މިލިޔަން ރުފިޔާއެވެ.

ދެން އެންމެ ގިނައިން ރުފިޔާ ލިބިފައިވަނީ މިއަހަރުގެ ރަމަޞާންމަހުގެ ފުރަތަމަ 10 އެއްގައެވެ. އެއީ 1.3 މިލިޔަން ރުފިޔާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. 1443 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބިފައިވަނީ 1 މިލިޔަން ރުފިޔާއެވެ. އަދި 1442 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 9 ލައްކަ ރުފިޔާއެވެ.

ޒަކާތް ބަލައިގަންނާނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ރަމަޟާންމަހުގެ 27 ވަނަ ދުވަހާއި ހަމައަށެވެ. އެއީ މި މަހުގެ 18 ވަނަ ދުވަހާއި ހަމައަށެވެ.

ފިޠުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ