ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ދިވެހި ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލަޝިޕް ޕްރޮގްރާމްތައް ސްޕޮންސަރަކަށް އެޑިއުކޭޝަން މިނިސްޓްރީން އެމްޑަބްލިޔުއެސް.ސީއާ އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ އަޙްމަދު އަލީ އެވެ. ފެން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.
މި ސްޕޮންސަ އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޤާބިލް ޕްރިންސިޕަލުން އުފައްދާ ތަމްރީން ކުރުމަށްޓަކައި މާސްޓަސް ޑިގްރީ ލެވެލް ކޯހުގެ 10 ސްކޮޕަލަޝިޕަކާއި ކުރު މުއްދަތުގެ 110 ކޯސް ސްޕޮންސަކުރުމަށް ހަމަޖެހިފައިވެ އެވެ.
ދެ އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެމްޑަބްލިޔުއެސސީގެ އިޖުތިމާޢީ ޒިންމާގެ ދަށުންނެވެ.


