ހުއްދަ ނުހޯދާ ކަނޑުގެ ދިރާސާ ނުކުރަން އަންގައިފި

ޚަބަރު ފަހުގެ

ނަގަންޖެހޭ ހުއްދަތައް ނުނަގައި މަސްވެރިކަމާ ގުޅޭ އަދި ކަނޑުގެ ދިރާސާތައް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އަންގައިފިއެވެ.

ފިޝަރީޒް މިނިސްޓްރީގެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުއްދަ ނުހޯދައި ދިރާސާ ކުރުމާއި ހުއްދައަށް އެދި ނުލިބެނީސް ދިރާސާގެ މަސައްކަތް ކުރަމުންދާކަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަން ކުށްވެރިކުރާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފިޝަރީޒް މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ބާވަތެއްގެ ކަނޑުގެ ދިރާސާއެއް ނުވަތަ ސައިންޓެފިކް އެކްޕަރިމެންޓެއް ހިންގުމަކީ ގަވާއިދާ ހިލާފުކަމެއް ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

އަދި ސައްހަ ހުއްދައެއް ނެތި އެފަދަ ދިރާސާއެއް ނުވަތަ ތަހުލީލެއް ކުރުމަކީ މަނާކަމެއްކަމަށާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާއެއް ނުވަތަ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާއެއް ކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅައިފައިވާ ގޮތުގެ މަތީން، މިނިސްޓްރީގެ ރިސާޗް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ވެސް އިއުލާނުގައި ވަނީ އެދިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ