ހުއްދަ ނެތި މަނަދޫން އަރައި ފޭބުން މަނާކޮށްފި

ޚަބަރު ފަހުގެ

ނ. މަނަދޫގައި މިއަދު މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ މަރާ ގުޅިގެން ޝައްކު ކުރެވޭ ބައެއް ކަންކަން ހުރުމުން، އެ ރަށަށް އަރާ ފައިބާ މީހުން ފުލުހުން މޮނިޓާކުރަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮއްވައި ފެނުން މީހާގެ ހަށިގަނޑުން ތޫނުއެއްޗަކުން ލިބިފައިވާކަމަށް ބެލެވޭ ގިނަ ޒަޚަމްތަކެއް ވަނީ ފެނިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން މިއަދު ބުނީ މަނަދޫ ގެއެއްގައި އެކަނި ދިރިއުޅެމުންދިޔަ 62 އަހަރުގެ އަންހެނެއްގެ ޚަބަރު ނުވާ ކަމަށް މިއަދު އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓް ލިބުމުން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރިތެރޭ ބިންމަތީގައި އަންހެން މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިއަދު އިރުއޮއްސުނު ވަގުތު މަރުވެފައި އޮއްވާ ފެނުނީ އުމުރުން 62 އަހަރުގެ، އެ ރަށު އަންނާރުމާގެ ނައީމާ މޫސާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ